އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ނިސްބަތްވެ ވަޑައިގަންނަވާ އިންޑިއާގެ ގުޖުރާތް ސްޓޭޓްގައި އޮރެންޖު ހެދުން އަޅައިގެން ތިބި ސަޕޯޓަރުންނާއި މިމަހުގެ ކުރީކޮޅު މުހާތަބު ކޮށް ވާހަކަ ދައްކަވަން ބޮޑު ވަޒީރު މޯދީ ބޭނުން ކުރެއްވީ އަބަދުވެސް ބޭނުން ކުރައްވަމުންދާ ޝިއާރެވެ. އެ ޝިއާރަކީ މޯދީގެ ބާރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ޝިއާރެކެވެ. އެއީ އިދިކޮޅު ޕާޓީތަކުން މުސްލިމުންނާއި ގުޅިގެން ގައުމު ހިފުމަށް ރާވަމުންދާ ކަމުގެ ވާހަކަތަކެވެ. އިދިކޮޅު އިއްތިހާދުން މުސްލިމުންގެ ކިބައިން އެދެނީ "ވޯޓް ޖިހާދު" ކުރުމަށް ކަމަށް މޯދީ ވިދާޅުވިއެވެ. މިއީ އާ ކަމެއް ކަމަށާއި، މިހާތަނަށް އަޑުއިވިފައި ވަނީ "ލޯބީގެ ޖިހާދު" އާއި "ބިމުގެ ޖިހާދު"ގެ ވާހަކަ…